1 ވަނަ ބައި
ފަތިހުގެ ފިނިކަމުގައި ލަންޗު ފުރިއިރު، ޒުލޭޚާގެ ލޮލުން ކަރުނަ ހިލެމުން ދިޔައެވެ. ރަށުގެ ފަޅުތެރެއިން ނުކުމެގެން ދިޔައިރު، ބައްޕަގެ އަތް ހިއްލާލި މަންޒަރު އޭނާގެ ހިތުގައި ބިންވަޅު ނެގިއެވެ.
މާލެއަކީ އޭނާއަށް އާ ތަނެކެވެ. ކިޔެވުމަށްޓަކައި އައި ނަމަވެސް، ހިތުގައި އޮތީ ބިރުވެރިކަމެވެ.
ލަންޗު ދުއްވަމުން ދިޔަ ކައްޕި ބުންޏެވެ. "މާލެއަށް ދާން ބިރުގަންނާނެ ކަމެއް ނެތް. އެތާވެސް އުޅެނީ ހަމަ އިންސާނުން."