2 ވަނަ ބައި
މާލޭގެ ބަނދަރުން ފައިބައިގެން ޒުލޭޚާ ހިނގައިގަތީ ބޮޑުދައިތަގެ ގެއަށެވެ. މަގުތަކުގައި މީހުން ގިނަކަމުން އޭނާއަށް ހީވީ ބާޒާރެއްގެ ތެރެއަށް ވަދެވުނު ހެންނެވެ.
ބޮޑުދައިތަގެ ގެއަކީ ހަތަރު ބުރީގެ އިމާރާތެއްގެ ދެވަނަ ބުރިއެވެ. ކުޑަ ކޮޓަރިއެއްގައި އޭނާގެ ދިރިއުޅުން ފެށުނެވެ.